- އިސްތިހާރު -spot_img

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްތި ކަމަށްވާއިރު ލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްތީގެ ތެރޭގައި ހިމެނެނީ:

މާފަންނު ޕޮލިސް:

  • މިދިޔަ މަހުގެ 24 ވަނަ ދުވަހު އެމްޕީއެލް ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަން ބްރޭންޑުގެ މޯބައިލް ފޯނެއް، އިންސިޑެންޓް ނަންބަރަކީ 676044
  • މި މަހު 4 ވަނަ ދުވަހު އައިޖީއެމްއެޗް ތެރެއިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 676044

ފުލުހުން ވަނީ މި ތަކެތީގެ ވެރި ފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަންގައި ހުރި ތަކެއްޗަކީ:

  • މިމަހު 1 ވަނަ ދުވަހު އަމީރު އަހުމަދު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލު ކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެެލެވޭ ކަރަންޓު ނަރުތަކަކާއި އޭސީ ހޮޅިތަކެއް އިންސިޑެންޓް ނަންބަރު 676520

ފުލުހުން ބުނީ މި ތަކެތީގެ ވެރި ފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށާއި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި