- އިސްތިހާރު -spot_img

އައްޑޫގެ ކުރިއެރުމަށް ބުރޫ އަރަނީ އައްޑޫގެ މޭޔަރުގެ ސަބަބުން: ޝިޔާމް

އައްޑޫ ސިޓީގެ ތަރައްގީއަށް ބުރޫ އަރަނީ އެ ސިޓީގެ މޭޔަރުގެ ސަބަބުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އައްޑޫ ސިޓީ މާލޭ ސަރަހައްދުގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް ދީފިނަމަ ތަފާތު ފެންނާނެ ކަމަށެވެ. އަދި އައްޑޫ ކައުންސިލްގެ މެޖޯރިޓީ ގިނަ ދުވަސްތަކެއް ވަންދެން އޮތީ އެމްޑީޕީގެ ދަށުގައި ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ނަމަވެސް އެ މެޖޯރިޓީ އޮވެ އައްޑޫ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށް އައްޑޫ ރައްޔިތުން ހެކިވާނެ ކަމަށެވެ.

ވަޒިރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އޮތް ކަމަށާއި، އެމްޑީޕީގެ ކައުންސިލަރުން މިއަދު ދައުރު ނިމެން ކައިރިވުމުން ކަރަންޓު ކެނޑޭ ވާހަކަ އާއި މަގު ތަކުގެ ވާހަކަ ދެއްކުމަކީ އަޖައިބެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫއިން ޕީއެންސީއަށް މެޖޯރިޓީ ދިން ގޮތަށް ކައުންސިލްގެ މެޖޯރިޓީވެސް ދީފިނަމަ ތަފާތު ފެންނާނެ ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައި، އެ ސިޓީއާ މެދު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފައިވާ ކަމަށާއި، އެ ކަންކަން ލިޔުމުން މޭޔަރާ ހަވާލުކުރައްވާފައިވީނަމަވެސް، ސަރުކާރަށް ޖެއްސުން ކުރުމުގައި އެންމެ ކުރީގައި ހުންނެވީ އައްޑޫ ސިޓީގެ މޭޔަރު ކަން ވަޒީރުވަނީ ތަކުރާރުކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ އެމްޑީޕީން ކަންކަން ކުރީ ދައުލަތުގެ މާލިއްޔާ އެއްކޮށް ހުސްކޮށްލުމަށްފަހު ކަމަށާއި، ނަތީޖާއެއްގެ ގޮތުން މި ސަރުކާރުން މަސައްކަތް ފަށަން ޖެހުނީ އެ ކަންކަން ތަރުތީބުކޮށް، މާލީ އިންތިޒާމުތައް އަލުން ހަމަޖައްސަން ކަމަށެވެ.

”ނަމަވެސް، އައްޑޫއަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ. އިދިކޮޅު އެމްޑީޕީއަށް މިހާރު ރައްޔިތުންގެ ތާއިދު ނެތްކަން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ނަތީޖާއިން ސާފުވާނެ.“ ވަޒީރު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި