- އިސްތިހާރު -spot_img

ސައުދީގެ ސަފީރު ދެއްވި ރޯދަވީއްލުމެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ސައޫދީ އަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޔަހްޔާ ހަސަން އަލް ގަހްތާނީ ދެއްވި ހާއްސަ ރޯދަ ވީއްލުމެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އިއްޔެ ބައިވެރިވެވަޑައިގެންފި އެވެ.

އިއްޔެ ހޮޓެލް ޖެންގައި ބޭއްވި މި ރޯދަ ވީއްލުމުގައި، ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓިކް މަންދޫބުންވެސް ބައިވެރިވެވަޑައިގެންފައިވާއިރު ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ރާއްޖޭގައި ދެއްވާ ރޯދަ ވީއްލުމެއް އާއްމު ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ދެމުންދާކަން ފާހަގަކުރެވެއެވެ. އަދި މި އަހަރުގެ އެ ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ ފެބްރުވަރީ 21 ވަނަ ދުވަހުއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި