- އިސްތިހާރު -spot_img

އަންނަ އަހަރުން ފެށިގެން އައްޑު އަތޮޅު، ޓެކްސް ފްރީ ޒޯނަކަށް ހެދުމަށް ނިންމާފައިވާނެ: ރައީސް

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 3 އަހަރު ދުވަހަށް އައްޑު އަތޮޅު ޓެކްސް ފްރީ ޒޯނަކަށް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީގެ ދަ ގްރޭޓާ އައްޑޫ އިވެންޓުގައި ރޭ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސް ވިދާޅުވީ އައްޑޫ އަތޮޅަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހަބަކަށް ހެދުމަށް ނިންމާފައިވާ ކަމަށާއި، އެގޮތުން އެކަމަށްޓަކައި މި އަހަރުގެ ތެރޭގައި އެކަމާ ގުޅޭ ގާނޫނީ އަދި އިދާރީ މަސައްކަތްތައްވެސް ނިންމާނެ ކަމަށެވެ.

ރައީސް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރައިގެން ދިޔުމުގެ ވަރަށް ފުރިހަމަ ފުރުސަތެއް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 3 އަހަރަށް ލިބިގެންދާނެކަންވެސް ފާހަގަކުރައްވާ، އެއާއެކު ހުރިހާ ފާރާތްތަކުންވެސް އައްޑޫގައި އިންވެސްޓްކުރުމަށް ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ.

އެއީ އައިޓި ދާއިރާއިން ކަމުގައިވިޔަސް، އެކި ކަހަލަ އިގުތިސާދީ އެކި މަސައްކަތްތައް ވިޔަސް، ސާވިސް އިންޑަސްޓްރީގެ މަސައްކަތްތައްވިޔަސް، ކުދި އަދި މެދު ފަންތީގެ ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކަށް ސަރުކާރުން ހުރިހާ ލުއިތަކެއް ދިނުމަށް، ބިމު ކުއްޔާއި ޓެކްސް، މިފަދަ ހުރިހާކަމަކުން 3 އަހަރު ދުވަހަށް ބްރޭކެއް ދިނުމުގެ ނިޒާމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި، ތަރައްގީ ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ގިނަ ލުއިތަކާއެކު ކުދި ފަންތި އަދި މެދު ފަންތީގެ އިންވެސްޓްމަންޓްތަކަށް ހުޅުވައިލަން ރައީސްވަނީ ނިންމަވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި