- އިސްތިހާރު -spot_img

އެކި ސަބަބުތަކާއެކު އުމްރާއަށް ނުފުރި ތިބި ޢުމްރާވެރިން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރޭ ފުރަނީ

އުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެ، ނުފުރިފައިތިބި 164 އުމްރާވެރިން ރޭ އުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރޭ ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްފައިވާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރޭ ފުރި އުމްރާވެރިންގެ މައްކާގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެކި ކުންފުނިތަކުން އުމްރާއަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން ނުފުރި ތިބި މީހުންނާއި، ޓްރާންސިޓް ޕްލައިޓްތައް ކެންސަލްވުމުން ނުފުރި ތިބި މީހުން އުމްރާއަށް ފުރޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމުހޫރިއްޔާ އިރުޝާދު ދެއްވާފަވެއެވެ. އެގޮތުން އެ ވުޒާރާ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން އައީ މިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ދިއުމަށް މީހުން އަތުން ފައިސާ ނެގުމަށްފަހު ދަތުރު ކެންސަލްކޮށްލި ’އަބްރާރު ހައްޖު އެންޑް އުމްރާ‘ ކުންފުނީގެ މައްސަލަ ވުޒާރާއިން ބަލަމުންދާ ކަމަށާއި، އެ ކުންފުނީގެ ހުއްދަ މިހާރު ހިފަހައްޓާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި