- އިސްތިހާރު -spot_img

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޝަރުތުތައް އިސްލާހުކޮށް، ފުލެޓަށް އެދުމަށް ހުޅުވާލަނީ

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ހާއްސަ އިސްކަންދޭ ”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ“ ގެ ޝަރުތުތައް އިސްލާހުކޮށް، ފްލެޓު އެދި ހުށަހެޅުމުގެ ފުރުސަތު މި މަހު ފަހު ކޮޅު ހުޅުވާލާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ ”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ“ އަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭގޮތަށް ހަދައި އެ ކެޓަގަރީގެ ޝަރުތުތަކާއި އެ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި، ޕޮއިންޓު ދިނުމުގެ އުސޫލާއި ހައުސިން ޔުނިޓް ކަނޑައަޅާ ގޮތްތައް ހިމަނައި އެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި މަހު 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އަންނަ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށެވެ.

ހަމައެހެންމެ އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ އެ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އެ ކެޓަގަރީގެ ދަށުން ފްލެޓަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުހަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އިއުލާނުގައިވާ ޖަދުވަލުގައި ބަޔާން ކޮށްފައިވާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު އެ ވުޒާރާގެ އިއުލާނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާއިރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން، ބިމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން މަރުހަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަޔާންކޮށްފައިވީނަމަވެސް، އެޕްލިކޭޝަން މަރުހަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އަދަދަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ދެންނެވުނު އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން، އެޕްލިކޭޝަން މަރުހަލާގައި ހުށަހަޅަންޖެހޭނީ އެ ވުޒާރާގެ އިއުލާނުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ކަމަށް ބަޔާން ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި