އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީއަކު މަރުވެއްޖެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ރަަށުގައި ހުރި ބިދޭސީން ދިރިއުޅެމުންދާ ބްލޮކެއްގަ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ތަޙުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 2:00 އެހައިކަންހާ އިރު ކަމަށެވެ. އަދި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވާ ކަމަށްވެސް ފުލުުހުން ބުންޏެވެ.





