- އިސްތިހާރު -spot_img

ހިތަދޫ ފަތާ ޓްރެކް ކައިރިން މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް!

އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިއްޔެ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ޑެނިއަލް ޑީ ޖިއޮވީން ނަމަކަށް ކިޔާ މީހެއް ކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށާއި، އޭނާ އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކު މޫދުން މަރުވެފައި އޮތް މީހަކު ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ލިބުނީ އިއްޔެ 16:41 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މި ހާދިސާގައި މަރުވެފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި، އެމީހާގެ ހަށިގަނޑު އިއްޔެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މަރުވެފައިވާ މީހާއަކީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވާ ކަމަށާއި، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިސިން ޕާސަންސް ރިޕޯޓެއްވެސް މިހާތަނަށް ފުލުހުންނަށް ލިބިފައިނުވާއިރު މި މީހަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ، އެ ސަރަހައްދުގައި، ނުވަތަ ގެސްޓް ހައުސްއެއްގައި ނުވަތަ ރިޒޯޓެއްގައި ނުވަތަ ސަފާރީ އެއްގައި އުޅޭ ޓްއަރިސްޓެއް ނުވަތަ ބިދޭސީއެއްގެ ހަބަރެއް ނުވެގެން އުޅޭނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި