- އިސްތިހާރު -spot_img

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް މިއަދު ބަލައި ގަންނަން ފަށައިފިއެވެ.

ޒަކާތު ހައުސްއިން ބުނީ މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައި ގަންނާނީ ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ މާލޭގައި ހުންނަ ސެންޓާ ފޯ ސެކަންޑަރީ އެޑިޔުކޭޝަން އިން މިއަދު އަދި މާދަމާ ހެނދުނު 10:00 އިން 12:00 އަށް ކަމަށެވެ. އަދި މި މަހު 16 ވަނަ ދުވަހާއި 18 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް، އަދި މެންދުރު 13:00 އިން 15:00 އަށްވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތު ބަލައި ގަންނާނެ ކަމަށްވެސް ޒަކާތު ހައުސްއިން ބުންޏެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައި ގަތުމަށް ހަމަޖެހިފައިވަނީ:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ 3 ރޯދަ މަހާ އަޅާބަލާއިރު، އެންމެ ގިނަ އަދަދަކަށް ފުރަތަމަ 15 ގައި ޒަކާތް ލިބުނު އަހަރުކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި