- އިސްތިހާރު -spot_img

ފެލިވަރުގައި ގާއިމުކުރާ ކޭނަރީގެ މަސައްކަތް މި އަހަރު ފަށާނެ: މަސްވެރިކަމާބެހޭ ވުޒާރާ

ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ގާއިމުކުރާ 100 ޓަނުގެ ކޭނަރީގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފެށިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ، ފެލިވަރުގައި މިހާރު ހުރި ކޭނަރީއަކީ ގާތްގަނޑަކަށް 40 އަހަރުވެފައިވާ ދުވަސްވީ ފެސިލިޓީއެއް ކަމަށާއި، އެތަނުގައި ދުވާލަކު ބަންދުކުރެވެނީ 35 ޓަނުގެ ދަޅުމަސް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިކަމަށް ހައްލެއް ގެނައުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭނެ ޒަމާނީ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށާއި، މިކަމުގެ އަަމަލީ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ފެލިވަރުގައި މިހާރު ކުރިއަށްދާ މަޝްރޫއުގެ ފުރަތަމަ ފޭސް ނުވަތަ ކޮމްޕޮނެންޓް އޭގެ މަސައްކަތުގެ ތެރޭގައި 400 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ގާއިމުކުރުމާއި، ދުވާލަކު 250 ޓަނުގެ މަސް ގަނެވޭނެ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަން ފާހަގަކުރެވެއެވެ. އެ ގޮތުން ސްޓޭޓް މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މި މަސައްކަތްތައް މި އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި