- އިސްތިހާރު -spot_img

28 މިސްކިތެއްގައި އީދު ނަމާދު ކުރާނެ: އިސްލާމީ ވުޒާރާ

މާލެ ސިޓީގައި ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތަކުގައި މައުލޫމާތު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެ ވުޒާރާ އިން ރޭ ބުނީ 1447 ވަނަ އަހަރުވެސް މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިލިމާލެ ބޯޅަ ދަނޑުގައިވެސް ބޮޑު ޖަމާއަތް އޮންނާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ހުޅުމާލޭގައި ބޮޑު ޖަމާއަތް އޮންނާނީ ފޭސް އެކެއްގައި ސިންތަޓިކް ޓްރެކްގައި ކަމަށްވާއިރު ފޭސް ދޭއްގައި މަސްޖިދު ހަސަން އާދަމްއާ ނިރޮޅުމަގާއި ހީނާ ހިނގުމާއި ފޭރު ގަސްމަގާއި ދުބުރިގަސް މަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައިވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން ބުނީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭހެން މާލޭގެ 17 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށާއި، ވިލިމާލޭގައި މަސްޖިދުއްސަލާމް ގައިވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް އެކެއްގައި މަސްޖިދުއްޝަހީމް ގާސިމް ބިން މުހައްމަދު އާލް ޘާނީ އާއި މަސްޖިދު ރަޝީދު އާއި މަސްޖިދު އަޒީޒާ މޫސާ އާއި މަސްޖިދު އަސްދިގާ އާއި މަސްޖިދުލްވާލިދައިނިގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ އިރު ފޭސް ދޭއްގައި މަސްޖިދުލް އީމާން އާއި މަސްޖިދު އުސްމާން ބިން ޢައްފާން ގައިވެސް އީދު ނަމާދު ކުރުން އޮންނާނެ  ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އީދު ނަމާދު ވަގުތު ފެށޭނީ ހެނދުނު 7:00 ގައެވެ.

ޝައްވާލު މަހުގެ ހަނދެ ބެލުން އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ ގަނޑުއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި