- އިސްތިހާރު -spot_img

ޣާޒީ ބިލްޑިން ހުރި ސަރަހައްދުގައި ޕާކެއް ހަދަން ފަށައިފި: ވަޒީރު

ޣާޒީ ބިލްޑިން ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ފަށައިފި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މާލޭގައި ހިތް ފަސޭހަ މައިޒާންތައް އިތުރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޣާޒީ ބިލްޑިން ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްގެން މިހާރު ފަށާފައިވާ ކަމަށެވެ.

މި ސަރަހައްދު މީގެ ކުރިން ބޭނުން ކުރަމުން އައީ ސައިކަލު ޕާކް ކުރުމަށް ކަމަށްވާއިރު ޕާކް ހެދުމަށްޓަކައި މިހާރު ސައިކަލުތައް ނަގާ ބިން ވަނީ ހުސްކޮށްފައިވެއެވެ. އަދި ސަރުކާރުގެ އޮފީސްތަކެއް ކުރިން ހިންގި ޣާޒީ ބިލްޑިން ތަޅާލާފައިވަނީ ވަރަށް ބޮޑަށް ބާވެ ރައްކާތެރިކަމުގެ ގޮތުން 2023 ވަނަ އަހަރުގެ ތެރޭގައިކަން ފާހަގަކުރެވެއެވެ.

ޣާޒީ އިމާރާތަކީ 41 އަހަރުވެފައިވާ މި އިމާރާތަކަށްވާއިރު މި އިމާރާތަކީ ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންކުރި އެންމެ ދުވަސްވީ އިމާރާތްކަން ފާހަގަކުރެވެއެވެ. އަދި ގިނަ ދުވަސްވުމުގެ ސަބަބުން އެ އިމާރާތް ވަރަށް ބޮޑަށް ބައުވެ، ހަލާކުވެފައިވެސް ވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި