- އިސްތިހާރު -spot_img

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑު ނުކުރަން މިފްކޯއިން ނިންމައިފި

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ބޮޑު ނުކުރަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ނިންމައިފި ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައުމާ ގުޅިގެން، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި ބޯޓު ފަހަރުން ވިއްކާ ޑީސަލުގެ އަގަށްވެސް ބަދަލު ގެނައިކަން މިދިޔަ އަންގާރަ ދުވަހު އިއުލާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެސްޓީއޯގެ ނިންމުން މުރާޖައާކޮށް، ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ”ފަހި ހަކަތަ“ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގު ތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތް ގޮތަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް އެ  ވުޒާރާއިން ބުންޏެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ މި ބަދަލާއެކު، މި މަހު ފަސް ވަނަ ދުވަހު މިފްކޯއިން އިއުލާން ކުރި އަގުތައް ދެމި އޮންނާނެ ކަމަށެވެ. އަދި މި ގޮތުން މިފްކޯއަށް މަސްކިރާ އުޅަނދު ފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށާއި، ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. ވުޒާރާއިން ބުނީ ކުރިއެކޭވެސް އެއްގޮތަށް، މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުންދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށެވެ.

އެ ކުންފުނިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނެވުނު މި ބަދަލަކީ މި ދަނޑިވަޅުގައި މަސްވެރިންނަށް ވީހާވެސް ތަކުލީފު ކުޑަ ގޮތަކަށް ކަންކަން ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި