- އިސްތިހާރު -spot_img

އައްޑޫ ސިޓީއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި ހުޅުމާލެއިން މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކާއި ހުޅުމާލެއިން މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސީޓީއިން އޭނާ ހައްޔަރުކޮށްފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން (58އ) ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލު ކުުރުމުން ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ އިން ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލު ކުރުމުގެ ތެރޭގައި، ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށް ފުލުހުން ބުނެފައިވާއިރު މި މަހު 18 ވަނަ ދުވަހުގެ ރޭ ހުޅުމާލެ މިދިލިމަގުން ސައިކަލެއްގައި ދަނިކޮށް އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 87 ރަބަރު ޕެކެޓު ފެނިފައިވާއިރު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 143.4 ގުރާމު ކަމަށްވެސް ފުލުހުން ބުންޏެވެ.

ހުޅުމާލެއިން މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުން. ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ގަން / ތުނޑި. ލިންކް، އަހުމަދު ޒަޔާން (25އ) އާއި ރ. މަޑުއްވަރި / ޑްރީމް، ހުސައިން އިޔާދު (23އ) ކަމަށެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި