- އިސްތިހާރު -spot_img

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އީދު ސަލާމް ކުރައްވައިފި އެވެ.

މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި މިއަދު ހެނދުނު 9:00 ން 11:00 އަށެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި އެބޭފުޅުން އާއިލާ ބައިވެރިވެވަޑައިގެންފައިވާ އިރު ސަރުކާރުގެ އިސްވެރިންނާއި އެބޭފުޅުންގެ އާއިލާ ބޭފުޅުންނާއި ގިނަ އަދަދެއްގެ ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ ބޭފުޅުންވެސް ރައީސް ޑރ. މުއިއްޒުއާއި ފިތުރު އީދުގެ ސަލާމް ކުރައްވާފައިވާ ކަން ފާހަގަކުރެވެއެވެ.

މާލެ ސަރަހައްދުގައި ފިތުރު އީދު ކުލަ ގަދަ ކޮށް ފާހަގަކުރުމަށް ވަނީ ހަމައެޖެހިފައެވެ. އެގޮތުން އީދު ދުވަހާ ގުޅިގެން، ގައުމީ ދިފާއީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ”އީދު ހަވީރު 1447″ގެ ހަރަކާތްތައް މިއަދު ހަވީރު 16:00 އިން 18:00 އަށް، މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ކުރިއަށް ދާނެ އެވެ. ”އީދު ހަވީރު 1447″ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް ބައިވެރިވާނެ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި