- އިސްތިހާރު -spot_img

އދގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް!

ނިއު ޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފިއެވެ.

ހާރިޖީ ވުޒާރާއިން ބުނީ މި ތުނޑު ކުނަލަކީ ދިވެހިރާއްޖެ އިން އދގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާ އެއް ކަމަށެވެ.އަދި ރާއްޖޭގެ ތުނޑު ކުނަލެއް އދގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އދ ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކަމަށްވެސް އެ ވުޒާރާއިން  ހާމަކޮށްފައިވެއެވެ.

އެ ވުޒާރާއިން ބުނީ އދގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، އިއްޔެ އދގެ މައި މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކަމަށެވެ. އަދި މިއީ ރާއްޖޭގެ އުފެއްދުމެއް އދގައި ބެހެއްޓި ފުރަތަމަ ފަހަރުކަންވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި ތުނޑުކުނަލަކީ ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ، އދގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެއް ކަމަށްވާއިރު އދގައި ބެހެއްޓުނު ތުނޑު ކުނާ ފަރުމާ ކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ ގައްދޫގެ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި