- އިސްތިހާރު -spot_img

ބީއެމްއެލްގެ ހައުސިން މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ 3،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން (ސީއެމްއީސީ)އާ ހަވާލުކުރި 1،224 ހައުސިން ޔުނިޓުގެ ބިންގާ ރޭ އަޅައިފިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންފައިވާއިރު ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ސީއެމްސީއާ ހަވާލުކުރި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ކޮންސްޓްރަކްޝަން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމާއި ސީއެމްއީސީގެ ވެރިންނެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އަމާޒަަކީ 2028 ވަނަ އަހަރުގެ މެދު ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމު ކަމަށެވެ. އަދި ބީއެމްއެލްއިން ވަނީ އެ ކުންފުނިން ހިންގާ ހައުސިން މަޝްރޫއުގެ ތެރޭގައި ހިމެނޭ ބައެއް ހައުސިން ޔުނިޓުތައް އެޅުން ޗައިނާގެ އިތުރު ކުންފުންޏަކާއި ދިވެހި ބައެއް ކުންފުނިތަކާ ހަވާލުވެސްކޮށްފައެވެ.

ބީއެމްއެލްއިން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތުން ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް ގާއިމުކޮށްފައިވާ ސީއެމްއީސީއާއެކު 1224 ހައުސިން ޔުނިޓް ގާއިމްކުރުމުގެ މަސައްކަތް ފެށިފައިވާއިރު މި ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

ހަމައެހެންމެ ސީއެމްސީ ކުންފުންޏަކީ ވިނަރެސް ފުލެޓުތައް ތަރައްގީކުރި ކުންފުންޏެއް ކަމަށާއި،. މިހާރުވެސް ގުޅިފަޅާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެ ކުންފުނިން ހިންގަމުންދާ ކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.  ބީއެމްއެލްއިން ތަރައްގީކުރާ ހައުސިން ޔުނިޓުތަކާއެކު ޖުމްލަ 7،500 ހައުސިން ޔުނިޓު މި ޕްރޮގުރާމުގެ ތެރެއިން ދޫކުރުމަށް ނިންމާފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި