- އިސްތިހާރު -spot_img

ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ވިލިމާލޭގައި 300 ހައުސިން ޔުނިޓުގެ އިމާރާތް ކުރުމުގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅާއި އެއްގޮތަށް ވިލިމާލޭގައި 300 ހައުސިން ޔުނިޓްގެ އިމާރާތް ކުރުމުގެ ބިންގާ އަޅައިފިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުވެސް ބައިވެރިވެވަޑައިގެންފިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވިލިމާލޭ 300 ހައުސިން ޔުނިޓުގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އެމަނިކުފާނު ޝަރަފުވެރިކޮށްދެއްވާފައިވާއިރު މި ރަސްމިއްޔާތު އޮތީ، ރޭ، ވިލިމާލޭގައެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ ހަވާލުކުރައްވައިގެން ވިލިމާލޭގައި ތަރައްގީކުރާ މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުالله މުއްތަލިބާއި ބީއެމްއެލް އާއި އާރްސީސީގެ އިސްވެރިންނެވެ.

މި މަޝްރޫޢުގެ ދަށުން، 17 ފަންގިފިލާގެ 3 ޓަވަރު، ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއްކަން ފާހަގަކުރެވެއެވެ.

”އެފޯޑަބަލް ހައުސިން“ މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން“ މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫއެކެވެ. އަދި މިއީ ”ލީސް-ޓު-އޯން“ މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކު ކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެއްކަންވެސް ފާހަގަކުރެވެއެވެ. މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.

2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފެބުރުވަރީ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ތެރޭގައި، އަތްމަތި ތަނަވަސް އާއިލާތަކަށް ރިއަލް އެސްޓޭޓް އުސޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރު ކުރުމާއި، މެދުފަންތީގެ އާއިލާތަކަށް ބޭންކް މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުސަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ އާއިލާތަކަށް ސޯޝަލް ހައުސިން އިމާރާތްކޮށްދިނުން ހިމެނޭ ކަމަށް ވިދާޅުވެފައިވެއެވެ.

ހަމަ މިއާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިން ސެކްޓާގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ރައީސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި