ގދ. ހޯޑެއްދޫގެ މަގު ހެދުމުގެ މަޝްރޫއުުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މަޝްރޫއު ރަސްމީކޮށް ފައްޓަވާދެއްވީ ނައިބު ރައީސް އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މި މަޝްރޫއުގެ ދަށުން ހޯޑެއްދޫގެ ބޮޑެތި މަގު ތަކުގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އަދި މިއީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުންމީދު ކުރަމުން އައި، ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމާ ގުޅިފައިވާ މުހިންމު މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ބުންޏެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދު އާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދު އާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް އާއި، ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝްގެ އިތުރުން، ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް ބައިވެރިވެލައްވާފައިވެއެވެ.