- އިސްތިހާރު -spot_img

މާލެ ސަރަހައްދުގައި ޕާކިން ބިލްޑިން އެއް އަޅަނީ

މާލެ ސަރަޙައްދުގައި ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތް ފެށުމަަށް ތައްޔާރުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މާލެ ސަރަޙައްދުގައި ހަތް ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ ބިލްޑިންތަކާއެކު ހަތަރުފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ ލިބޭނެ ކަމަށާއި، ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެ ކަމަށެވެ. ވަޒީރު ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެގުމާއެކު ޕާކިންގެ ގޮންޖެހުންތައް ހައްލުކޮށް، ތޮއްޖެހުމާއި ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކުކުރުން މަދުކޮށް، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރެވޭނެ ކަމެއް ކަމަށެވެ.

ޕާކިން ބިލްޑިންތަކުގެ ކުރެހުންތަކެއްވެސް އެމަނިކުފާނު ވަނީ އެކްސްގައި ހިއްސާ ކުރައްވާފައެވެ.

މާލޭ އަދި ހުޅުމާލެ ސަރަހައްދުގައި ހަތަރު ފުރޮޅު އަދި ދެ ފުރޮޅުލީ އުޅަނދު ޕާކް ކުރާނެ ޖާގަ ނެތުމަކީ ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުމެއް ކަމަށްވާއިރު ސަރުކާރުން ދަނީ މި މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ ގުނަ މަސައްކަތްތަކެއްވެސް ކުރަމުންކަން ފާހަގަކުރެވެއެވެ. އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ވަގުތީ ޕާކިން އާއްމުންނަށް ހުޅުވާލާފައިވެއެވެ.

މި ޕާކިން ތަރައްގީކޮށްފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ. މި ޒޯން ތަރައްގީ ކޮށްފައިވަނީ ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ އޮޅުހިޔާ ފެސިލިޓީއާއި ޖެހިގެންނެވެ. މިތަނުގައި 1،200 އަށްވުރެ ގިނަ ވެހިކަލް ޕާކުކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި