- އިސްތިހާރު -spot_img

ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަޝްރޫއުގެމަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ އެކިއެކި މަޝްރޫއުތަކުގެ ތެރެއިން، ގްރޭޓާ މާލޭ އޭރިއާގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށްވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް އިއްޔެ މެންދުރުފަހު ރައީސް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ، މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދު الله މުއްތަލިބާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓާ އަދި ޗީފް އެގްޒެކެޓިވް އޮފިސާ އިބްރާހީމް ޝަރީފް މުހައްމަދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނެވެ.

އެ މަނިކުފާނުގެ މި ޒިޔާރަތުގައި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވާއި، އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކާއި، ވެލި އެޅުމުގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައިވާއިރު އެމްއޭސީއެލް އާ ހަވާލުކޮށްގެން މިހާރު ކުރިއަށްގެންދަވާ މި މަޝްރޫއުގެ 2 ވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާ ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

ހަމައެހެންމެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓަޑް (އެމްއެފްއެމްސީ)ގެ ދަށުން، ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށް، އެކު ޖުމުލަ 167.15 ހެކްޓަރުގެ ބިން، ގިރާވަރު ފަޅުން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި މިހާތަނަށް 105 ހެކްޓަރު ވަނީ ހިއްކާނިމިފަކަން ފާހަގަކުރެވެއެވެ.

މީސްމީޑިއާގެ އެކްސްގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކައުންޓް މެދުވެރިކުރައްވައި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރެއްވުމުގެ އިތުރުން ސަރުކާރުގެ މުހިންމު މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތުވެސް، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ހާމަކުރައްވަމުންނެވެ.

ގިރާވަރު ފަޅުގެ ބިން ހިއްކަން ފެށިކަން ރައީސް އިއުލާނު ކުރެއްވީ، މި އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ގިރާވަރު ފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސް ވަނީ ހާމަކުރައްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި