- އިސްތިހާރު -spot_img

”ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް“ ކުރިއަށް ގެންދިއުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

”ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް“ ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮތް ޔޫތު އެމްޕަވަމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އަބްދުﷲ ރާފިއުއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓާ މުހައްމަދު އަމީންއެވެ.
ޔޫތް މިނިސްޓްރީން ބުނީ މި އެމްއޯޔޫގެ ދަށުން ދެ މިނިސްޓްރީ ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމުރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އެމްއޯޔޫގެ ތެރެއިން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދެވޭނެ ސަޕޯޓް އަކީ ރިސޯޓްތަކާއި އޮންނަ ގުޅުން ރަނގަޅުކޮށްދިނުމާއި، ރިސޯޓްތަށް މި ޕްރޮގްރާމް އަށް އޮންބޯޑްކޮށް، ރިސޯޓްތަކުގެ ބައިވެރިވުން ރަނގަޅުކުރުން ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. ހަމައެއާއެކު ރިސޯޓްތަކާއިމެދު އޮންނަ މައްސަލަތައް ހައްލުކޮށްދޭން ފަސޭހަވެ، ސަޕޯޓް ރޯލްއެއް ގޮތުގައި މަސައްކަތް ކޮށްދިނުންވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުންވެސް މިއަހަރު ނިމުމުގެ ކުރިން ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތައް ފެށުމަށް ދެ މިނިސްޓްރީން  މަސައްކަތް ކުރާނެ ކަމަށްވެސް ޔޫތް މިނިސްޓްރީން ބުނެފައިވެއެވެ.
spot_img

އެންމެފަސް

މި ލިޔުމާ ގުޅޭ
މި ލިޔުމާ ގުޅޭ