- އިސްތިހާރު -spot_img

ހުޅުމާލޭ ސިންތެޓިކް ޓްރެކް، ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކް ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާގެ މިންގަނޑަށް ފެތޭ ގޮތަށް ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު އިއުލާންކުރެއްވީ މިދިޔަ މަހު ކުރިއަށް ގެންދިޔަ އަހާ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.
ވަޒީރުންނާއި ސުވާލުކުރުމަށް ކުރިއަށްގެންދާ ”އަހާ“ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު އޭރު ވިދާޅުވީ، ހުޅުމާލޭގައި މިހާރު އޮތް ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ޓްރެކެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން އެތުލީޓުން ރެކޯޑެއް ހެދިކަމުގައިވިޔަސް، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަން ގަބޫލުކުރާ ފެންވަރުގެ ޓްރެކްގައި ހަދާ ރެކޯޑްތައް ކަމަށް ވަޒީރު ބުނެފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ހަމައެހެންމެ މި މަސައްކަތް މިމަހު ފެށުމަށްފަހު އުއްމީދަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޓްރެކްގެ މަސައްކަތް މުޅިން ނިންމާލުން ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވާއިރު، ހުޅުމާލޭ ސިންތެޓިކް ޓްރެކް ބަދަލުކުރުމަށް ބޭނުންވާ ތަކެތި މިހާރު އޯޑަރު ކޮށްފައިވާ ކަމަށްވެސް ވަޒީރުވަނީ އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ. އަދި އެ ތަނުގެ ހުރިހާ ތަފުސީލީ ކުރެހުންތަކެއްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
spot_img

އެންމެފަސް

މި ލިޔުމާ ގުޅޭ
މި ލިޔުމާ ގުޅޭ