- އިސްތިހާރު -spot_img

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަަލަ ހައްލުކުރުމުގެ މަޝްރޫއުއަކީ ބަޖެޓް ހަމަޖެހިފައި އޮތް މަޝްރޫއެއް: ރައީސް

ފުވައްމުލަކު ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކުނީގެ މައްސަލަަކީ ތިމާވެށީގެ ގޮތުން ބަލަންޖެހޭ ކަންކަމަށްވެސް ރިއާޔަތްކޮށް، ބަޖެޓް ހަމަޖެހިފައި އޮތް މަޝްރޫއެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކު ސިޓީއާއެކު، ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅެއްގައި ގިނަ ދުވަސްތަކެއްވަންދެން ޖަމާވަމުންދިޔަ ކުނިތައް ނައްތާލުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަޙައްދުން ރަށެއް، ވެމްކޯއަށް ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ. އަދި ފެށިގެން ދިޔަ މި މަޝްރޫއުއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަޝްރޫއެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަދު މި ފެށުނީ ފުވައްމުލަކު ސިޓީގެ ތަރައްގީގެ ވަރަށް މުހިންމު ބާބެއް ކަމަށެވެ.

މިއަދު މި އެއްލޭ މުހިންމު ސަފުހާއަކީ ރައްޔިތުންގެ އުފާފަގަތިކަން ހަގީގަތަކަށް ހެދުމުގެ އާ ސަފުހާއަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އެމަނިކުފާނުވަނީ ދެއްވާފައެވެ.

މީގެ އިތުރުން ފުވައްމުލަކު ސިޓީގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ ޓާޝަރީ ފެންވަރުގައި ހޮސްޕިޓަލެއް ތަރައްގީކުރުމަށް ސައުދީ ފަންޑުން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެންމެ ލަސްވެގެން އަންނަ އަހަރުގެ މެއި ނުވަތަ ޖޫން މަހާ ހިސާބުގައި އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެއްޓޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ނަމަވެސް އޭގެ ކުރިން ބައެއް ހިދުމަތްތައް ފައްޓަވާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިގޮތުން، ފުވައްމުލަކު ސިޓީގައި މިއަދު ރަސްމީކޮށް ސީޓީ ސްކޭނިންގް ހިދުމަތް ދޭން ފެށިފަހުން، ރަސްމިއްޔާތުގެ އެ ވަގުތާ ހިސާބަށް އެކަނިވެސް 90 ވަރަކަށް ފަރާތަކަށް ހިދުމަތް ދެވިފައިވާ ކަމަށެވެ.

ހަމައެހެންމެ ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށް ވާ އިރު، ކުރިން ބަޔަކާ ހަވާލުކުރެވި، ފުވައްމުލަކު ސިޓީގައި ކުރިއަށް ނުގޮސް އޮތް 400 ހައުސިން ޔުނިޓްގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާ، މަސައްކަތް ފަށައިގަނެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގައި 500 ހައުސިން ޔުނިޓް ތަރައްގީކޮށްދެއްވުމަށް ވެވަޑައިގެން ވައުދުފުޅާއެއްގޮތަށް 75 ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ރޭގެ ރަސްމިއްޔާތުގައި ސޮއިކުރެވިގެން ގޮސްފައިވާއިރު ވައުދުފުޅުގެ ތެރެއިން ބާކީ ހުރި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފައްޓަވާ، ކުރިން ހަވާލުކުރެވިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތާއެކު މި ދައުރުގެ ތެރޭގައި ޖުމްލަ 900 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި