- އިސްތިހާރު -spot_img

ދުންފަތާ ދެކޮޅު ދުވުމަށް ބޮޑު ތަރުހީބެއް، 8،959 މީހުން ދުވި!

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް 24 ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ ”ނޭޝަނަލް ޓޯޗް ރަން“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އިއްޔެ ހަވީރު 4 އިން ފެށިގެން މިއަދު ހަވީރު 4 އަށް މާލެ، އެކުވެނި ޓްރެކްގައި ކުރިއަށް ގެންދިޔަ ދުވުމުގައި 8،959 މީހުން ވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ އާންމުން ހިމެނެއެވެ. ޖެނެރޭޝަން ބޭން ގާނޫނުގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ވާނެއެވެ. މި ދުވުން ފެށީ މިއަދު އެކުވެނި ދުވާ ޓްރެކުގައި ބޭއްވި ރަސްމިއްޔާތަކަށްފަހުގައެވެ. އެ ރަސްމިއްޔާތު ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ މިއަދަކީ ރާއްޖޭގައި ދުންފަތާ ދެކޮޅަށް އަޅާ އެންމެ މުހިންމު އެއް ފިޔަވަޅު އެޅި ދުވަސް ކަމަށާއި މި ފިޔަވަޅަކީ ޒުވާނުންގެ ކުރިމަގަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ހޭލުންތެރި ނިންމެވުމެއް ކަމަށެވެ.

”އެމަނިކުފާނު މީގެ ހަ މަސްކުރިން ތަންފީޒުކުރި ގާނޫނަށް މިއަދު އަމަލުކުރަން ފެށުމަކީ ދުންފަތާ ދުރު ދުޅަހެޔޮ، އާ ޖީލެއް ބިނާކުރުމުގެ ފެށުން ކަމަށް ދެކެން. އެހެންކަމުން އަޅުގަނޑުގެ އަމިއްލަ ނަމުގައި އާއި މުޅި ކުޅިވަރުގެ އާއިލާގެ ނަމުގައި އަދި ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ޔަންގް އެތްލީޓުންގެ ނަމުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ޝުކުރެއް މިވަގުތުގައި ދަންނަވަން.“ ވަޒީރު ވިދާޅުވިއެވެ.

ދުންފަތާއި ދުރު ޖީނެއް ބިނާކުރުމަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އޭގެ މަންފާ ކުރާނެ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމަކީ އެތުލީޓުންނަށް ގިނަ ފައިދާ ކުރާނެ ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އޭގެ ސަބަބުން ނޭވާލާ ނިޒާމު ވަރުގަދަވެ، ބުންވަރު އިތުރުވުމަށް އެހީވެދޭނެ ކަމަށެވެ. އެ ދުވުން ފައްޓަވައިދެއްވުމުގެ ގޮތުން ޓޯޗު ހަވާލުކޮށްފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަދި ގައުމީ އެތްލީޓް އަހުނަފް ރައްޔާން ފަހުމީއަށެވެ. ޓޯޗް ރަންގައި ސަރުކާރުގައި އިސްވެރިންނާއި، ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) ރެޕްރެޒެންޓޭޓިވް، ސަރުކާރު ކުންފުނިތަކުގެ ވެރިން އަދި ކުޅިވަރު ކުލަބުތަކާއި އެކަޑަމީތަކުން ބައިވެރިވިއެވެ. ވަކިން ހާއްސަކޮށް އެޗްޑީސީގެ ފަރާތުން މި ހަރަކާތަށް ވަރަށް ބޮޑު އެއްބާރު،ލުމެއް ލިބިގެންދިޔަކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި