- އިސްތިހާރު -spot_img

ސްމާޓް ސިޓީ މިޝަން ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭގެ ވަފުދެއް އިންޑިއާއަށް

އިންޑިއާ ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްމާޓް ސިޓީ މިޝަން ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ވަފުދެއް މިއަދު އިންޑިއާއަށް ފުރައިފިއެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު މި ވަފުދު އިންޑިއާއަށް ދަތުރުކޮށްފައި ވަނީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށެވެ. މި ވަފުދުގައި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިއީ ސަރުކާރުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް އިންޑިއާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަމުގެ ދަށުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

ވަފުދު އިންޑިއާއަށް ފުރުމުގެ ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވައި ކާމިޔާބު ދަތުރަކަށް އެދިވަޑައިގަންނަވައިފައެވެ. މިނިސްޓަރު ވަނީ މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ތަމްރީނުގެ ފައިދާ ރާއްޖެއަށް ހެޔޮ ގޮތުގައި ހޯދުމަށް އިލްތިމާސް ކުރައްވައިފައެވެ.

ސްމާޓް ސިޓީ މިޝަން ޓްރޭނިން ޕްރޮގްރާމް ކުރިއަށްދާނީ މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ އެކި ސިޓީތަކުގައެވެ.

އިންޑިއާ ސަރުކާރުން އަންނަނީ ދިވެހި ސަރުކާރުގެ މުވައްޒަފުން ތަމްރީނުކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ސްމާޓް ސިޓީތައް ތަރައްގީކުރުމާއި، ޝަހަރުތައް ހިންގުމުގެ ދާއިރާގައި ދިވެހިރާއްޖޭގެ ފަންނީ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ ބިޔަ ބޮޑު މަޝްރޫއު މޯލްޑިވްސް 2.0 ގެ ދަށުން ހުރިހާ ދާއިރާއަކުން މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި