- އިސްތިހާރު -spot_img

މާލޭގައި ގަވާއިދާ ހިލާފަށް ޕަކްކޮށްފައިވާ ގިނަ އަދަދެއްގެ އުޅަނދުތަކެއް ޓޯވް ކޮށްފި

މާލެ ސިޓީގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ ގިނަ އަދަދެއްގެ އުޅަނދުތަކެއް ޓޯވް ކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ ސިޓީގައި އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ 75 ސައިކަލް ޓޯވް ކޮށް، މިދިޔަ އަންގާރަ ދުވަހު 70 ސައިކަލެއް ޓޯވް ކޮށްފަވެއެވެ.

އެގޮތުން ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި މަގު ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން 30 ގެ ނިޔަލަށް ހުޅުމާލެއިން ޓޯވްކުރެވުނު އުޅަނދުތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަތަރު ފުރޮޅުލީ 59 އުޅަނދެއް ޓޯވް ކޮށް، ދެ ފުރޮޅުލީ 643 އުޅަނދެއްވަނީ ޓޯވް ކޮށްފައެވެ.

ހަމައެހެންމެ ހުޅުމާލެއިން ޖުމްލަ 702 އުޅަނދެއް ޓޯވް ކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ 455 އުޅަނދެކެވެ. އަދި ލައިސަންސް ނެތި ދުއްވައިގެން 131 އުޅަނދެއް ޓޯވް ކޮށްފައިވާއިރު ނުރައްކާތެރިކޮށް ދުއްވާފައިވާ 36 އުޅަނދެއް ޓޯވް ކޮށް، ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވާފައިވާ 30 އުޅަނދެއް ޓޯވް ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން އެކި މައްސަލަތަކާ ގުޅިގެން 38 އުޅަނދެއް ޓޯވް ކޮށްފައިވާއިރު އަސްލަށް ބަދަލު ގެނެސްގެން ދުއްވާފައިވާ 12 އުޅަނދެއް ޓޯވް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އޮކްޓޫބަރުގެ އެއްވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް ހުޅުމާލެއިން ޓޯވް ކުރެވުނު އުޅަނދުތަކުގެ ތެރޭގައި ޖުމްލަ 520 އުޅަނދެއް ޓޯވް ކޮށްފައިވާއިރު އޭގެ ތެރޭގައި 425 ދެ ފުރޮޅުލީ އުޅަނދަކާއި 95 ހަތަރު ފުރޮޅުލީ އުޅަނދެއް ހިމެނޭކަން ފާހަގަކުރެވެއެވެ. އަދި މި ދިޔަ މަހު ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ޓޯވް ކޮށްފައިވަނީ 292 އުޅަނދެއް ހިމެނޭ އިރު ލައިސަންސް ނެތި ދުއްވައިގެން ޓޯވް ކުރި އުޅަނދުގެ އަދަދު 127 އަރާފައިވާއިރު ނުރައްކާތެރިކޮށް ދުއްވައިގެން 22 އުޅަނދެއް ވަނީ ޓޯވް ކޮށްފައެވެ.

ފުލުހުން ގެ ތަފާސް ހިސާބުތަކުގައި ވާ ގޮތަށް ބަލާއިރު ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވާފައިވާ 37 އުޅަނދެއް ޓޯވް ކޮށް، އެކި މައްސަލަތަކާ ގުޅިގެން 25 އުޅަނދެއް ޓޯވްވަނީ ކޮށްފައިއެވެ. އަދި އަސްލަށް ބަދަލު ގެނެސްގެން ދުއްވާފައިވާ 10 އުޅަނދަކާއި ރަޖިސްޓްރީ ނުކޮށް ދުއްވާފައިވާ ދެ އުޅަނދެއްގެ އިތުރުން މަގުމައްޗަށް ދޫކޮށްލާފައިވާ ފަސް އުޅަނދެއް ޓޯވް ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.

މަގު މައްޗަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި ފުލުހުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހުން ވަނީ މަގުމަތި ބޭނުންކުރާ ފަރާތްތަކުން މަގުމަތީ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި