- އިސްތިހާރު -spot_img

ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ދެ މަސް ބޯޓު ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ދެ މަސް ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ދެ މަސް ބޯޓަކީ ސްރީލަންކާގެ ދެ މަސް ބޯޓެއް ކަމަށެވެ. އަދި މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދު ޕެޓްރޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު  ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ އިދާރާގެ ކޯސްޓްގާޑުން މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އަހަރު ޖޫން މަހު 23 ވަނަ ދުވަހުވެސް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކުން ގާނޫނާއި ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ ބޯޓެއް ހިފަހައްޓާ، އެމްއެންޑީއެފް ކޯސްޓް ގާޑް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި