- އިސްތިހާރު -spot_img

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ރޭ ފަށައިފި

ހަވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސް ފަށައިފިއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްގެންދާ މި މުބާރާތް ރޭ ފަށާފައިވަނީ ކުލަގަދަ ރަސްމިޔާތަކަށް ފަހުގައެވެ. އަދި މި މުބާރާތަކީ ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް ބޭއްވޭ ރަސްމިއްޔާތެއްކަން ފާހަގަކުރެވެއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާފައިވަނީ އެންމެ ފަހުގެ ގައުމީ ޓީޓީ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމާއި، ގައުމީ ސީނިއާ ފެތުންތެރިޔާ އިމްއާން އަލީއެވެ.

މި ދެ ބައިވެރިންވެސް މީގެ ކުރިން ބައިނަލްއަގުވާމީ ގިނަ މުބާރާތް ތަކެއްގައި ވާދަކޮށްފައިވާއިރު ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

މި މުބާރާތުގައި ރާއްޖެއިން ފެތުން، ޓޭބަލް ޓެނިސް، ހޭންޑްބޯޅަ އާއި އެތުލެޓިކްސްގައި ބައިވެރިވާއިރު ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަނަރަކީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. އަދި ޑެޕިއުޓީ ޗެފް ޑިމިޝަނަރަކީ މަރިޔަމް ޝައުފާއެވެ.

މީގެ ކުރިންވެސް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ބައިވެރިވެފައިވެއެވެ. 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ވާދަކުރީ ހަތަރު ކުޅިވަރެއްގައެވެ. އެއީ ޓޭބަލް ޓެނިސް، ފެތުން، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އަދި އެތުލެޓިކްސް ކަމަށްވާއިރު އެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ލޯ މެޑެލްވެސް ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި