- އިސްތިހާރު -spot_img

ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި

12 މީހުންނާއިއެކު މާލެއިން ފަރެސްމާތޮޑާއަށް ދަތުރު ކުރަމުންދިޔަ ބޮޓެއް ފަރަކަށް އަރައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދާދި ދެންމެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މާލެއިން ފުރައިގެން ގއ. ފަރެސްމާތޮޑާއަށް ދަތުރުކުރި ”ފަހިރޯޅި“ ދޯނި، ވ. ފެލިދޫ ހުޅަނގުން ފަސް ނޯޓިކަލް މޭލު ބޭރުން ފަރަކަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުންނާ އެކު ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ބޯޓު ވ. ފެލިދޫ ކައިރި ފަރަކަށް އަރާފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ އިއްޔެ ފަތިހު 5:01 އެހާކަންހާއިރު ކަމަށެވެ. އަދި ބޯޓު ފަރަށް އެރިއިރު ބޯޓުގައި ދިވެއްސަކާއި ފަސް ބިދޭސީން ހިމެނެއެވެ. މީގެ އިތުރުން ހަ ދަތުރުވެރިންނާއި ކެޕްޓަނާއި ބޯޓުގެ ވެރިފަރާތާއި ހަތަރު ބިދޭސީން ފަޅުވެރިން ތިބި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބޯޓު ފަރަށް އެރުމާއި ގުޅިގެން ބޯޓުގައި ތިބި މީހުން ފެލިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި