- އިސްތިހާރު -spot_img

ގަތަރުގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ގަތަރުގެ ހާރިޖީ ވަޒީރު އަދި ކެބިނެޓް ވަޒީރު ސުލްތާން ބިން ސާދު އަލްސުލްތާން އަލް މުރައިކީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ސަގާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ އަހްވަންތަ ގުޅުން ރަމްޒު ކޮށްދޭ އަދި ދެ ގައުމުގެ ދެމެދު ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

ގަތަރުގެ ވަޒީރު ގެ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާވެސް ބައްދަލު ކުރައްވާފައިވެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލްއާ ބައްދަލު ކުރައްވައި ރާއްޖެ އާއި ގަތަރާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި އިގްތިސާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ހަމައެހެންމެ ދެ ގައުމަށްވެސް ފައިދާހުރި ގޮތެއްގައި ތަރައްގީއާ ގުޅުން ހުރި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާގުޅޭ ގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ. އަދި މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރު ތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ގައުމުގެ ރައްޔިތުންނަށްވެސް ފައިދާ ކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަގީންކަން ދެ ގައުމުންވެސް ދެއްވާފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި