- އިސްތިހާރު -spot_img

ވެތުވެދިޔަ ދެ ދުވަހު 34 އުޅަނދެއް ޖޫރިމަނާކޮށްފައިވޭ

އުޅަނދުތައް ޓޯވްކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ދެ ދުވަހު 34 އުޅަނދެއް ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ޖުމްލަ 21 އުޅަނދެއް ޓޯވް ކޮށްފައިވާއިރު އޭގެ ތެރޭގައި ދެ ފުރޮޅުލީ 18 އުޅަނދަކާއި ހަތަރު ފުރޮޅުލީ ތިން އުޅަނދެއް ހިމެނެއެވެ.

ހަމައެހެންމެ ލައިސަންސް ނެތި ދުއްވާފައިވާ ދެފުރޮޅުލީ ނުވަ އުޅަނދެއް ދުއްވާފައިވާއިރު ނުރައްކާތެރިކޮށް ދެ ފުރޮޅުލީ ހަތަރު އުޅަނދެއް ދުއްވާފައިވާކަން ފާހަގަކުރެވެއެވެ.

ރަޖިސްޓްރީ ނަމްބަރު ބަދަލު ކޮށްގެން ދެފުރޮޅުލީ ތިން އުޅަނދަކާއި ހަތަރު ފުރޮޅުލީ އެއް އުޅަނދެއް ޓޯވް ކޮށްފައިވާ ކަމަށް ފުލުހުން ނެރެފައިވާ ތަފާސް ހިސާބު ތަކުގައި ވެއެވެ.

ފުލުހުން ބުނީ ތަހުގީގު ކުރާ (އެކްސިޑެންޓް އަދި އެހެނިހެން) މައްސަލަތަކުގައި ހަތަރު ފުރޮޅުލީ ދެ އުޅަނދެއް ޓޯވް ކޮށްފައިވާއިރު އަސްލަށް ބަދަލު ގެނެސްގެން ދުއްވާފައިވާ ދެ ފުރޮޅުލީ ދެ އުޅަނދެއްވެސްވަނީ ޓޯވް ކޮށްފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ދެ ފުރޮޅުލީ 30 އުޅަނދަކާއި ހަތަރު ފުރޮޅުލީ ހަތަރު އުޅަނދެއް ޖޫރިމަނާ ކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި