- އިސްތިހާރު -spot_img

ސިގިރޭޓް މައްސަލާގައި ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި ރިޔާޒްއަށް ވަޒީފާ އަނބުރާ ދީފި

ސިނގިރޭޓް މައްސަލާގައި ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި މަހްމޫދު ރިޔާޒްގެ ވަޒީފާ އަނބުރާ ދެއްވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް“ ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީގަކާ ގުޅިގެން މަގާމުން ވަކިކުރެއްވި ރިޔާޒްގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަހުގީގު ކުރައްވާ އެ މައްސަލާގައި އޭނާގެ ބައިވެރިވުމެއް ނެތްކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސްއަށް ލަފާ އަރުވާފައިވާތީ، މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް އަލުން އިއާދަކުރައްވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ކުރިން މި މައްސަލާގައި ކަސްޓަމްސްގެ ދެ މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މިދިޔަ އޮކްޓޯބަރު 29 ވަނަ ދުވަހު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ ”ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް“ ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކުރައްވާ، ޑެޕިޔުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަކިކުރައްވާ ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާއި ގުޅޭގޮތުން، ކަސްޓަމްސްއިން އަމަލުކުރައްވަމުންގެންދަވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކަސްޓަމްސް އަށް އަންގަވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި