- އިސްތިހާރު -spot_img

ފަތުވާ މަހާސިންތާގެ ފުރަތަމަ ބައްދަލުވުން މިރޭ ބާއްވަނީ!

ފަތުވާ މަހާސިންތާގެ ދެވަނަ މަހާސިންތާ ފެށުމުގެ ގޮތުން ބާއްވަ ފުރަތަމަ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި މަހާސިންތާއަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ މަހާސިންތާއެކެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިރޭ 7:30 ގައެވެ.

މި މަހާސިންތާގެ މަގްސަދުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ހަމައެހެންމެ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތު ވާ މައްސަލަތައް ދެނެގަތުމާއި، މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަ ތަކުގައި ހިޔާލު ހޯދާ މަޝްވަރާކުރުންވެސް ހިމެނެއެވެ. އަދި މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމައު އިސްލާހު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުންވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.

އިސްލާމީ ވުޒާރާއިން ބުނީ މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެން ކަމަށެވެ. އަދި މި ޕެނަލް ޑިސްކަޝަން ތަކުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ބައިވެރިވެލައްވާ ގޮތަށްވެސް ހަމަޖެހިފައިވެއެވެ.

މިދިޔަ އަހަރު ބޭއްވުނު ރާއްޖޭގައި ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭ ފުރަތަމަ މަހާސިންތާ އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި