- އިސްތިހާރު -spot_img

އިންޑިއާގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، އެއްލާލާފައި އޮއްވާ ފެނިއްޖެ

އިންޑިއާގެ ބެންގާލީގެ އަވަށެއް ކަމަށްވާ ހޫގްލީ ސަރަހައްދުގައި ޖިންސީ ގޯނާކޮށް އެއް ލާލާފައި އޮތް އަންހެން ކުއްޖަކު ފެނިއްޖެއެވެ.

މި ސަރަހައްދުގެ ފުލުހުންގެ އޮފިސަރު ފަލްގުނީ ބެނާޖީ ބުނީ އެކުއްޖާ ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި މިހާތަނަށް ތަހުގީގުން އެނގިފައިވާ ގޮތުގައި އެކުއްޖާ ގެއްލުނުތާ އެތައް ގަޑިއިރެއް ފަހުން އެކުއްޖާ ފެނިފައިވަނީ އެ ސަރަހައްދުގައި ހުންނަ ރޭލްވޭ ސްޓޭޝަނެއް ކައިރީ އޮންނަ ޖަންޝަނެއްގެ ކައިރިންނެވެ. އަދި އެކުއްޖާ ފެނުނީ ކުއްޖެއްގެ ރުއިމުގެ އަޑު އިވި، އެ ސަރަހައްދަށް ގޮސް ހޯދި ހޯދުމުން ކަމަށްވެސް ފަލްގުނީ ބުންޏެވެ.

އެކުއްޖާ ފެނުންއިރު އޭނާ އޮތީ ވަރަށް ބޮޑަށް އަނިޔާވެފަ ކަމަށާއި އެކުއްޖާ އޮތީ ލެއިން ތައްތެޅިފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އެކުއްޖާއަށް ފަރުވާދޭން ފަށާފައިވާ ކަމަށް ރިޕޯޓްތަކުން މައުލޫމާތު ލިބެއެވެ.

އެ ކުއްޖާއަކީ އޭނާގެ ކާފަ އަދި މާމަ އާއިއެކު އުޅޭ ކުއްޖެއް ކަމަށާއި ހަމަލާ ދިން މީހާ އެ ކުއްޖާ ވަގަށް ނަގައިގެން ގޮސްފައިވަނީ ނިދާފައި އޮތްވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިހާދިސާގައި އެކުއްޖާގެ ކާފައަށްވެސް ޝައްކުތަކެއް ކުރެވިފައިވާއިރު ކާފަ މިހާރުވަނީ ހައްޔަރުވެސް ކޮށްފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި