- އިސްތިހާރު -spot_img

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން: އިމިގްރޭޝަން

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އެ އީ-ވިސާގެ ހިދުމަތް ތައާރަފް ކުރުމާއި ގުޅިގެން އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައިވާ ބުނީ މިދިޔަ ހޯމަ ދުވަހު ރަސްމީކޮށް ތައާރަފްކުރެވިފައިވާ އީ-ވިސާގެ ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިިގެން ކަމަށެވެ.

ހަމައެހެންމެ މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް އަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމު ތަކުގައި ޝާއިއުކުރެވިގެންދާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އެހެންކަމުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް، ވިސާއަށް އެދި ޕާސްޕޯޓު އިމިގްރޭޝަނަށް ހުށަހެޅޭނެ ކަމަށާއި މި މަހުގެ 23 ވަނަ ދުވަހުގެ ފަހުން، ވިސާ ޖެހިފައިވާ ނަމަވެސް އިމިގްރޭޝަނުން ނުނަގާ ހުރި ޕާސްޕޯޓުތައް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީއެންމެ އަވަސް ފުރުސަތެއްގައި ނެގުމަށްވެސް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.

ދިވެހިރާއްޖެ 2.0 އަކީ ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙް ކުރައްވާފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރެވެއެވެ. އަދި ދިވެހިރާއްޖެ 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ރާއްޖެ ޑިޖިޓަލް އާ ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރުން ނަތީޖާ ނެރުމަށް ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަންކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި