- އިސްތިހާރު -spot_img

ރާއްޖެ އަދި ފަލަސްތީނު ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ސްވެނިއާ ޕްލެޓިނަމް ޓިކެޓު ރައީސަށް!

ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ސްވެނިއާ ޕްލެޓިނަމް ޓިކެޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އެފްއޭއެމްއިން އަރުވައިފިއެވެ.

އެމަނިކުފާނަށް މި ޓިކެޓު އެރުވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތާރިގުއެވެ. ރައީސްއަށް އެފްއޭއެމުން ހަނދާނީ ސްވެނިއާ ޕްލެޓިނަމް ޓިކެޓެއްވެސް އަރުވާފައިވާއިރު މިއީ ފަލަސްތީނަށް ރައީސް ދެއްވާ އަހަންމިއްޔަތު ފެނިގެންދާ އަދި ފަލަސްތީނުގެ ރައްޔިތުންނާއިއެކު ހުންނެވިކަން އަންގައިދޭ ކަމެއް ކަމަށް އެފްއޭއެމުން ބުނެއެވެ.

ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވާފައިވެއެވެ. އަދި މިރެ އާއި މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި މެޗަށް ވީހާވެސް ގިނަބަޔަކު ސްވެނިއާ ޓިކެޓް ގަތުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ.

މި މެޗުގެ ސްވެނިއާ ޕްލެޓިނަމް ޓިކެޓުގެ އަގަކީ 1000 ރުފިޔާއެވެ. އަދި ސްވެނިއާ ގޯލްޑް ޓިކެޓުގެ އަގަކީ 500 ރުފިޔާކަމަށްވާއިރު ޖުމްލަ 50 ސްވެނިއާ ޕްލެޓިނަމް ޓިކެޓް ވިއްކަން ހަމަޖެހިފައިވެއެވެ. މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ. ޖުމްލަ 200 ސްވެނިއާ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓުކަން މައުލޫމާތު ލިބެއެވެ.

އެފްއޭއެމްއިން ބުނީ މި މެޗުތަކުގެ ސްވެނިއާ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ފުޓުބޯޅަ އަލުން ދިރުވާ ތަރައްގީކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނަށެވެ. އަދި މި ދެމެޗަށް ސްވެނިއާ ޓިކެޓު ވިއްކި ނަމަވެސް ދެ މެޗު ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަނޑުގެ ގޮނޑިބަރި އާއި ސިޑިބަރިއަށް ވަދެވޭނެ ކަމަށްވެސް އެފްއޭއެމްއިން މައުލޫމާތު ދީފައިވެއެވެ.

ރާއްޖެއާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗު އޮޮންނާނީ މިރޭ 20:30 ގައި ރަސްމީ ދަނޑުގައެވެ. ފަލަސްތީނުގެ ގައުމީ ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި