- އިސްތިހާރު -spot_img

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް، ފަސް މެންބަރުން ރައީސް އައްޔަނުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް، ފަސް ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވާ ފަސް ބޭފުޅުންނަކީ، ސ. ހިތަދޫ މާވަހި، އަލްފާޟިލް ހަސަން ނާސީހް އަހުމަދު، ށ. ކޮމަންޑޫ ޗަމަން، އަލްއުސްތާޒާ އުސާމާ މޫސާ، ހމ. ފްލެޓްނަންބަރު 02-2-88، އަލްއުސްތާޒާ އާއިޝަތު އިޝާ، ގއ. ނިލަންދޫ ގަސްދޮށުގެ، އަލްއުސްތާޒާ ޝިފްޒާ އަބްދުލްގައްޔޫމްގެ އިތުރުން ގދ. ގައްދޫ ބީޗްކޯނާ، އަލްފާޟިލް އަހުމަދު ޔާމީންއެވެ.

ރައީސް އޮފީހުން ބުނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު މި ފަސްބޭފުޅުން މެމްބަރުކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި