- އިސްތިހާރު -spot_img

”ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދޭނެ“

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖޭގެ ދަތުރުފަތުރާއި ބެހޭ ދާއިރާއަށް އެހީތެރިވެދޭނެ ކަމަށް ބުނެފި އެވެ.

ސައުދީ އަރަބިއްޔާއިން މިފަދައިން ހާމަކޮށްފައިވަނީ އެ ގައުމުގެ ބައިނަލްއަގްވާމީ ގުޅުންތަކާބެހޭ ވަޒީރު، ސާރާ އަލް – ސައްޔިދު، ރާއްޖޭގެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު، މުހައްމަދު އަމީނާއި ބައްދަކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދަތުރުފަތުރާބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އެކަމަނާ އަށާއި އެކަމަނާގެ ވަފުދަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. މި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ ބައިނަލްއަގްވާމީ ގުޅުންތަކާބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު ރާއްޖޭގެ ދަތުރުފަތުރާބެހޭ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއިން އިންވެސްޓްމަންޓްގެ ފުރުސަތުތައް ދެނެގަތުމާއި ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ދީފައިވެއެވެ.

މިއީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް، ތަރައްގީގެ އާ ދޮރުތައް ހުޅުވުމަށް ދެ ފަރާތުން ވެފައިވާ ވަރުގަދަ އަޒުމެއްގެ ހެކިކަން ފާހަގަކުރެވެއެވެ.

މިބައްދަލުވުމުގައި ޒަމާނުއްސުރެ ދެ ގައުމުން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި