ނ. މަނަދޫގައި އަލަށް އިމާރާތްކުރި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ ރަސްމީކޮށް ހުޅުވައިފިއެވެ.
އިއްޔެ އެ ރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާ އަލްއުސްތާޒް އަބްދުﷲ ސައުދާންއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
މި މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް ކުރިއަށް ގެންދިޔަ މި މަޝްރޫއެއްކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިމާރާތް ކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ވީހާވެސް އަވަހަށް މަޝްރޫއުތައް ނިންމުމަށް އިސްލާމީ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އެ ވުޒާރާއިން މީގެ ކުރިން ބުނެފައިވެއެވެ.





