ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ ގައުމީ ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށް ފަސޭހަ އަދި ރައްކާތެރި ދަތުުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް ބޮޑެތި މަޝްރޫއުތަކެއް ނިންމަވާފައެވެ.
އެ ވުޒާރާއިން މިހާތަނަށް ކާމިޔާބު ކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ޕައިލެޓުން އިމްތިހާނު ހެދުމަށް ސެންޓަރެއްގެ ދަތިތަކައް ހައްލު ގެނެސް އެވުޒާރާގައި 24 ޖެނުއަރި 2024 އިން ފެށިގެން އެގްޒާމް ސެންޓަރެއް ގާއިމު ކުރެވިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން އިމްތިހާން ތާވަލުކުރުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބިފައިވެއެވެ.
މީގެ އިތުރުން އައިކާއޯގެ ޔުނިވަސިޓީ ސޭފްޓީ އޯވާ ސައިޓު އޯޑިޓް ޕްރޮގްރާމްގެ ދަށުން 11 ޖޫން 2025 އިން 23 އަށް ރާއްޖޭގެ އޭވިއޭޝަން ސޭފްޓީ މިންގަޑުގެ އޯޑިޓެއް ކުރެވި މި އޯޑިޓަށް ތައްޔާރުވުމުގެ ގޮތުން ސިވިލް އޭޝިއޭޝަންގެ އޮތޯރިޓީން ރީ ސްޓްރަކްޗާ ކުރުމާއި ސިވިލް އޭވިއޭޝަންގެ ގާނޫނު އިސްލާޙު ކޮށް ރެގިއުލޭޓަރީ އަދި ތަހުގީގީ މަސައްކަތްތައް ވަކި ކުރުމަށްޓަކައި މޯލްޑިވްސް ޓްރާސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އުފެދުނެވެ.
މީގެ 11 އަހަރު ކުރިން އައިކާއޯގެ އޯޑިޓުން ރާއްޖެއަށް ލިބުނު އިފެކްޓިވް އިމްޕްލިމެންޓޭޝަން އީއައި ސްކޯ 64.9 އިންސައްތައިގައި ހުރިއިރު 2025 އަހަރު އޯޑިޓްގެ އިބްތިދާއީ ރިޕޯޓްތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޕްލިމަނަރީ އީއައި ސްކޯ 77.8 އިންސައްތަ ކުރިއަރާފައިވެއެވެ.
އެވުޒާރާއިން ބުނީ ރައީސްގެ އިރުޝާދުގެ ދަށުން އެވުޒާރާގެ އޮނިގަނޑު އިސްލާހު ކޮށް ސިނާއަތުގެ ފަންނީ މީހުންގެ ޝައުގުވެރިކަން އިތުރުކުރެވޭނެ ފަދަ، މުސާރައިގެ އޮނިގަނޑެއް 2025 ވަނަ އަހަރު ސެޕްޓެމްބަރުން ފެށީގެން ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.
މީގެ މަގުސަދަކީ ސިނާއަތުގެ މުސާރަ އާއި އޮތޯރިޓީގެ ފަންނީ މޫސާރައިގެ ފަރަގު ކުޑަކުރު ކަމަށް އެވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
ހަމައެހެންމެ ރާއްޖޭގެ އެތޭރެ އުދުހުންތައް ކުރި އެރުވުމުގެ މަސައްކަތުގެ ތެރެއިން މުލީގައި ގާއިމު ކުރި މުލީ އެއާޕޯޓް 8 މޭ 2025 ގައި ރައީސްވަނީ ހުޅުވާދެއްވާފައެވެ. މި އެއާޕޯޓާއިއެކު ރާއްޖޭގެ ހިނގުމުގެ ހުއްދަ ދެވިފައިވާ އެއާޕޯޓުގެ އަދަދު ވަނީ 20 އަށް އިތުރުވެފައިވެއެވެ.
ރާއްޖޭގެ އެއާލައިން ޓީކެޓާއި އެއާ ކާގޯގެ ސްޕޭސް ވިޔަފާރި ސައްތައިން ސައްތައަށް ދިވެހި ހިއްސާވާ ފަރާތްތަކަަށް އެކަނި ހާއްސަވާގޮތަށް ގަވާއިދު ބަދަލުކޮށް 2025 އޮކްޓޫބަރުގައި ޝާއިރު ކުރެވިގެން ދިޔައެވެ. މިއީ ސަރުކާރުން ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމުގެ ސިޔާސަތު ދަށުން އެޅުނު މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.
ގައުމީ އެއާލައިން މޯލްޑީވިއަން އިން ދުރު ރާސްތަކަށްތަކަށް ކުރާ ދަތުރުތައް ފެށުމަށްޓަކައި ވައިޑު ބޮޑީ އެއާ ކްރާފްޓް އޮޕަރޭޝަންތައް ތައާރަދު ކުރުމަށް 17 ޑިސެމްބަރު 2023 ވަނަ ދުވަހު ނިންމެވި ނިންމެވުމާއި އެއްގޮތަށް ފުރަތަމަ ވައިޑް ބޮޑީ އެއާ ކްރާފްޓް، 6 ޖެނުއަރީ 2025 ގައި ރާއްޖެ ޖެނެސް 22 ޖެނުއަރީ 2025 އިން ފެށިގެން ޗައިނާގެ ތިން މަންޒިލަކަށް ކޮމާޝަލް އޮޕަރޭޝަންތައް ފެށިފައިވެއެވެ. އަދި ދެވަނަ ވައިޑު ބޮޑީ އެއާ ކްރާފްޓެއް ގެނެއުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެއާ އެމްބިއުލަންސް ހިދުމަތް ފެށުމަށް ރައީސް ނިންމެވި ނިންމެވުމާއި އެއްގޮތަށް 1 މާޗް 2024 ގައި ހިދުމަތް ފަށާފައިވާއިރު މި ފްލައިޓު އަކީ ސިއްހިީ އެހީތެރިންނާއި އެކީ ދަތުރުުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ބޯޓެއްކަން ފާހަގަކުރެވެއެވެ.
މޯލްޑިވިއަން އެތެރޭގެ އުދުހުން ތަކުގައި ބޭނުންކުރާ މަތިންދާ ބޯޓު ފްލީޓް އާ ކުރުމުގެ ދަށުން، އޭޓީ އާރު މަރުކާގެ ދެ މަތިންދާ ބޯޓު ގެނެވިފައިވެއެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަން ފުޅާ ކުރުމުގެ ތެރެއިން 24 ފެބްރުއަރީ 2024 އިން ފެށިގެން މޯލްޑިވިއަށް އެތެރޭގެ އުދުހުން ތަކުގައި ސާފް ބޯޑުގެ ޓިކެޓުގެ އަގަށް ހެޔޮ ބަދަލެއްގެނެވި، 17 މާރިޗު 2024 ގައި އެތެރޭގެ އުދުހުން ތަކުގައި ޓިކެޓުގެ އަގުތައް ހެޔޮކޮށް ހުރިހާ މަންޒިލުތަކަށް އިތުރު ފެއާ ބޭންޑެއް ވަނީ ތައާރަފު ކުރެވިފައެވެ. އަދި ލޯކަލް ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ފްރީ އިންޑިޕެންޑެންސް ޓްރެވަލާސް އެފް އައިޓީގެ ޓިކެޓުގެ އަގު، 1 ސެޕްޓެމްބަރު 2025 އިން ފެށިގެން ކުޑަކުރެވިފައިވެއެވެ.
މީގެ އިތުރުން ހަނިމާދޫއިން އިންޑިއާ ޓްރިވެންޑްރަމާއި މޯލްޑިވިއަށްއިން ކުރަމުން އައި ދަތުުރު 12 އޭޕްރީލް 2024 އިން ފަށާފައިވާއިރު ނ. މާފަރު އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފޭސްގެ މަސައްކަތް ނިމި 8 ޖުލައި 2025 ވަނީ އިފްތިތާހު ކޮށްފައެވެ.
މިހާރު މި އެއާޕޯޓަށް ކޮމާޝަން އޮޕްރޭޝަންގައި ބޭޏުންކުރާ އެންމެ ބޮޑެތި ބޯޓުތައް ކަމުގައި ވާ ބޮއޭ 777 އާއި އެއާބަސް އޭ350 ފަދަ މަތިންދާ ބޯޓުތައް ޖެއްސޭނެ.
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބިނާ ކުރި އާ ޕެސެންޖާ ޓާމިނަލް، 26 ޖުލައި 2025 ގައި ރައީސް ހުޅުވާދެއްވާފައިވާއިރު މި ޓާމިނަލްއިން އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭނެއެވެ.
މީގެ އިތުރުން 15 މޭ 2024 ގައި ސީޓް އެއާ ކާގޯގެ ހިދުމަތް ފެށިފައިވާއިރު 17 އެއާލައިންއަކުން މި ހިދުމަތް ދެމުންދެއެވެ. އަދި ވައިގެ މަގުން 24 ގައުމަކަށް ކާގޯ ފޮނުވޭނެ ގޮތް މެދުވެރިވެފައިވެއެވެ. މި ހިދުމަތް ދޭން ފެށިފަހުން 7 ނޮވެމްބަރު 2025 ގެ ނިޔަލަށް ޖުމްލަ 3617 ޓަނުގެ ކާގޯ ވަނީ ފޮނުވާފައެވެ.
ހަމައެހެންމެ ހަނިމާދޫ އެއާޕޯޓް ބައިނަލް އަގްވާމީ ފެންވަރަށް ޒަމާނީ ކޮށް ބޮޑެތި އެއާ ކްރާފްޓްތަކަށް ހިދުމަތް ދެވޭނެ ފެންވަރަށް ތަރައްގީ ކުރުމަށް ފަހު ރައީސް ވަނީ 9 ނޮވެމްބަރު 2025 ގައި ހުޅުވާދެއްވާފައެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ ވައިގެ ދަތުރުފަތުރު ކުރިއަރަމުންދާއިރު ކަނޑު ދަތުރުފަތުރު ގެ ހައިސްޕީޑް ފެރީ ވިއުގައި ހުރިހާ އަތޮޅުތަކަށް ފުޅާ ކުރުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށްވާއިރު ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މި ވިއުގައި ވަނީ ނ އަދި ރ. އަތޮޅުގެ އިތުރުން ބ އަދި ތ އަތޮޅާ ހަމައަށް ކާމިޔާބު ކަމާއެކު ހިދުމަތް ފަށައިފާ ކަމަށެވެ.
2016 ވަނަ އަހަރުން ފެށިގެން އިންޓާނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ މެރިޓައިމް ކޮންވެންޝަންއިން ލާޒިމްވާ ސީ-ފެއާ އައިޑެންޓިޓީ ޑޮކިއުމަންޓް (އެސްއައިޑީ) ސަރުކާރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ތައާރަފު ކޮށް، 24 ޖޫން 2024 އިން ފެށިގެން ވަނީ ދޫކުރަން ފަށާފައެވެ. އަދި އެއާއެކު މި ލިޔުން ނުލިބުމުގެ ސަބަބުން ސީމަނުންގެ ވަޒީފާ ގެއްލެމުންދިޔަ މައްސަލަ މުޅިން ހައްލުވެ، ސީމެނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ގޮސްފައިވާކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އަދި 31 ޑިސެމްބަރު 2023 އިން ފެށިގެން ރާއްޖޭގެ ބެއާބޯޑު ރަޖިސްޓްރީ ކުރުން ހުއްޓުވޭ ގޮތަށް ކުރިން ގަވާއިދުތަކަށް ގެނެސްފައިވާ ބަދަލު، މުރާޖައަކޮށް ވަކި ޝަރުތުތައް ފުރިހަމަ ވުމުން އަލުން ވަކި ކެޓަގަރީއެއްގައި ބެއާބޯޑު ރަޖިސްޓްރީ ކުރެވޭ ގޮތަށް ރަޖިސްޓްްރޭޝަން ގަވައިދުތައް ބަދަލުކޮށް މި މައްސަލަވެސް ހައްލުކޮށްފައިވެއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް ގިނަވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކް ތޮއްޖެހުމަށް ހައްލު ހޯދއި، މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި ރައީސްގެ ހާއްސަ އިރުޝަދުގެ ދަށުން 24 ޖުމައި 2024 ”މާލެ ފަހި“ ޕްރޮގްރާމް އިފްތިހާހު ކުރެވިފައިވެއެވެ. އަދި މާލެ ސަަހައްދުގައި އުޅަނދު މަދުކުރުމަށްޓަކައި ވެހިކަލް އިމްޕޯޓް ޕާމީޓް ތައާރަފުކޮށް ބާއްވާނެ ޖާގަ ކަށަވަރުކުރުމަށް ފަހު މެނުވީ އުޅަނދު އެތެރެ ނުކުރެވޭ ގޮތަށް ގަވާއިދު އިސްލާހު ކުރެވިފައިވާކަންވެސް ފާހަގަކުރެވެއެވެ.
މީގެ ސަބަބުން 2025 މިހާތަނަށް ހަތަރު ފުރޮޅީ އުޅަނދު ރެޖިސްޓްރީ ކުރި އަދަދު 72.8 އިންސައްތަ ދަށަށް ގޮސްފައިވާއިރު 2025 ވަނަ އަހަރުގެ މިހާތަނަށް ސައިކަލް ރެޖިސްޓްރީ ކުރެވުނު އަދަދު 28 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހައްލު ނުވެފައި އޮތް އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ 2024 ހައްލުކުރެވި ކުރިން އަގު ކަނޑައެޅިފައި ނެތް ހަތް ޝީޓަށް ވުރެ ގިނަ ޝީޓުގެ އުޅަނދުތަކުން ފޯރުކޮށްދޭ ޓެކްސީ ހިދުމަތުގެ އަގު ކަނޑައެޅިގެން ގޮސްފައިވެއެވެ.
މަގު ތަކުގެ ދޮށް ޖެހުން ކުޑަކުރުމުގެ ގޮތުން ބާވެ ހަލާކުވެ މަގު މައްޗަށް ދޫކޯށްލާފައިވާ 800 އަށް ވުރެ ގިނަ އުޅނަދު މަގު މަތިން ނެގިފައިވެއެވެ. މީގެ އިތުރުން ރައީސް ވައުދުފުޅުތަކާއި އެއްގޮތަށް ދަނޑުވެރިކަމަށް ބޭނުންކުރާ ރަށު ޕިކަަޕްތަކުން އަހަރީ ފީ ނެގުން ހުއްޓުނެވެ. އަދި ރާއްޖެ އެތެރެކޮށްފައިވާ ރެޖިސްޓްރީ ކުރެވޭ އުމުރު ހަަމަވެފައިވާ އެއްގަމު އުޅަނދުތައް މާލެ ފިޔަވަ އެހެނިހެން ޒޯނުތަކަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން ރަޖިސްޓްރީ ކުރަން އެ އުޅަނދުތައް ވެރިފަރާތްތަކަށް އެއް އަހަރުގެ ފުރުސަތެއް ދެވިގެން ގޮސްފައިވެއެވެ.
އަހަރީ ފީއާއި ޖޫރިމަނާ ބަހައިލައިގެން ދެއްކޭނެ ނިޒާމެއް ގާއިމުކުރުމުގެ ސަބަބުން ވެހިކަލްތަކުގެ ވެރި ފަރާތްތަކަށް މާލީ ލުއި ފަސޭހަތަކެއް ލިބި، އެހެން ވަޒީފާ އަދާކުރާ ފަރާތްތަކެކޭ އެއްފަދައިން ޓެކްސީ ޑްރައިވަރުންނަކީ ވެސް ވަޒީފާ އަދާކުރާ ބައެއްގެ ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޓުން ބަލައިގަންނޭ އިންތިޒާމް ހަމަޖެއްސުމަށް ގައުމީ ދަފްތަރެއް އެވުޒާރާއިން އެކުލަވާލާފައިވެއެވެ.
އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރުމުގެ ނިޒާމް އަތޮޅުގެ ރަށްރަށާއި ގުޅިގެން ގާއިމުކުުރުމަށް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އަތޮޅުތަކުގެ ޖުމްލަ 25 ސެންޓަރަކަށް ލައިސަންންސް ދޫކުރުމުގެ ހުއްދި ދޫކުރެވިފައިވެއެވެ. އަދި އަތޮޅު ތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ ކޮށްގެން ފަސޭހައިން އެއްގަމު އުޅަނދު ދުއްވުމުގެ ހާއްސަ ހުއްދައެއް ތައާރަފު ކުރެވި، ލައިސަންސް އަށް ގެނެވުނު އިސްލާހުގެ ދަށުން ފޮރިން ލައިސަންސް ކޮންވާޝަނެއް ހަދާ ބިދޭސީންނަށް އަމަލީ އިމްތިހާނު ހެދުން އެވުޒާރާއިން ލާޒިމް ކޮށްފައިވެއެވެ.
މީގެ އިތުރުންވެސް އެވުޒާރާއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ފައްޓަވާ، އެ މަސައްކަތްތަކުގެ ހެޔޮ ލާބައާއި މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ފައްޓަވާފަކަން ފާހަގަކުރެވެއެވެ.




