- އިސްތިހާރު -spot_img

މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކުރައްވައިފި

ޒަކާތުގެ ގާނޫނުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކުރައްވައިފިއެވެ.

އިއްޔެ ގާއިމުކުރި ޒަކާތު ހައުސްއާއިއެކު، ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިސްލާމީ ވުޒާރާގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސް، އިއްޔެއިން ފެށިގެން އުވާލައްވާފަވެއެވެ.

ރައީސް އޮފީހުން ބުނީ އިސްލާމްދީނުގައި ޒަކާތް ޝަރުއުކުރައްވާފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބު ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޒަކާތުގެ ބިލު ތަސްދީގުކުރައްވާފައިވަނީ، މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. އަދި މި ފެށުނު އާ އަހަރާއެކު، މި ގާނޫނަށް އަމަލުކުރަން ފެށޭނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެ

ވެ.

އާ ގާނޫނުގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކުރެއްވުމާއެކު، ރައީސް އޮފީހުގެ ދެންނެވުމުން އެ ކަން ވަނީ އިއްޔެ އިއުލާން ކުރައްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި