- އިސްތިހާރު -spot_img

31 ޑިސެމްބަރުގެ ނިޔަލަށް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކަށް ޕީއެންސީ!!

މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނަ މެމްބަރުން ތިބީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން މިއަދު ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ނުވަ ޕާޓީއެއް ވަނީ ރަޖިސްޓްރީވެފައެވެ. ނަމަވެސް ގިނަ ޕާޓީ ތަކުގައި 10،000 މެމްބަރުން ހަމަނުވާކަން ފާހަގަކުރެވެއެވެ.

އެގޮތުން މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނަ މެމްބަރުން ތިބީ ޕީއެންސީގައެވެ. އަދި އެ ޕާޓީގައި 74،048 މެމްބަރުން ހިމެނޭއިރު ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިވް ޕާޓީ، (އެމްޑީޕީ) ގައެވެ. އެމްޑީޕީގައި ހިމެނެނީ 43،784 މެމްބަރުންނެވެ.

ހަމައެހެންމެ ޖުމްހޫރީ ޕާޓީގައި ހިމެނެނީ 12،343 މެމްބަރުން ކަމަށްވާއިރު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގައި ހިމެނެނީ 9،686 މެމްބަރުންކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން އަދާލަތު ޕާޓީ ގައި 8،267 މެމްބަރުން ހިމެނޭއިރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި ހިމެނެނީ 5،133 މެމްބަރުންނެވެ. އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގައި 3،012 މެމްބަރުން ހިމެނެއެވެ.

ދަ ޑިމޮކްރެޓްސްގައި 2،952 މެމްބަރުން ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކާއިރު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގައި ހިމެނެނީ 1،710 މެމްބަރުންކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި