- އިސްތިހާރު -spot_img

”ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ބާކީ ނުކޮށް، ފަހި ދިރިއުޅުމެއް ބިނާ ކުރުން“

މި ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ބާކީ ނުކޮށް، ފަހި ދިވެހިރާއްޖެއެއް ބިނާ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ބްރެއިލް ދުވަހުގެ މުނާސަބަތުގައި  އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މިއަދަކީ، ދައުލަތުގެ ސިޔާސަތުތަކާއި ނިންމުން ތަކުގައި އޯގާތެރިކަމާއި ޝާމިލުކުރުން އިސްކޮށް، އެއްވެސް ފަރާތެއް ބާކީނުވާނެ ފަދަ ފަހި ދިވެހިރާއްޖެއެއް ބިނާކުރުމަށް ކަނޑައަޅާފައިވާ އަޒުމް އާކުރާ ދުވަހެއް ކަމަށެވެ.

ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރާއިރު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދީ، އަމިއްލަ އިހުތިޔާރުގައި ދިރިއުޅުމުގެ މަގު ދައްކައިދިނުމަކީ ބްރެއިލް އަދާ ކުރާ ވަރަށް މުހިއްމު ދައުރެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންސާނީ ކަރާމާތް ހޯދައިދިނުމުގައިވެސް ބްރެއިލް އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރާ ކަމަށެވެ.

”ހުރިހާ އެންމެން ޝާމިލުވާ މުޖުތަމައަކީ، އެއްވެސް ހުރަހެއް ނެތި މައުލޫމާތާއި ފުރުސަތުތައް އެންމެނަށް ހަމަހަމަކަމާއެކު ލިބިދޭ ތަނެއް“ ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގައިވެސް ބްރެއިލް ދުވަސް ފާހަގަކުރަނީ ޖެނުއަރީ 4 ވަނަ ދުވަހުއެވެ. ބްރެއިލް އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން އުފައްދާފައި ހުންނަ ތިކި ތަކެއްކަމަށްވާއިރު އޭގެ ޒަރިއްޔާއިން އެފަރާތްތަކަށް މުއާމަލާތު ކުރުމުގެ މަގު ފަހިވެގެންދެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި