- އިސްތިހާރު -spot_img

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިން ތިބޭ އިސްލާމީ ވުޒާރާގެ ވަޓްސްއެޕް ގްރޫޕެއްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަރާފައިވާ ކަމަށާއި އަންނަ ރަމަޟާން މަހުގެ ކުރިން ރާއްޖޭގައި ގުރުއާން ހިތުދަސް ހާޒިފުންގެ އަދަދު 300 އަށް އަރާނެ ކަމަށެވެ. އަދި މި ވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ގުރުއާން ހިތު ދަސްކުރަމުން ދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ތާރީހީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް ކަމަށެވެ.

ކީރިތި ގުރުއާންގެ އިލްމުފުޅާކޮށް ގުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި އިސްލާމީ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތް ކުރުމެވެ.

ކީރިތި ގުރުއާންގެ އިލްމުފުޅާކޮށް ގުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް މެޑަލް ދިނުމުގެ ރަސްމިއްޔާތު މިއަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހަކު ބޭއްވުމަށް ސަރުކާރުން ހަމަޖައްސާފައިވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން ދަސްވެނިވުމެވެ.

ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާއިރު  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުން މިހާރު ހާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަން ހާމަކުރައްވާފައެވެ.

އެގޮތުން ހާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ގަބޫލުކުރާ މިންގަނޑަށް މިހާރު ބަދަލުކޮށްފައިވާއިރު ހާފިޒުން އުމްރާއަށް ފޮނުވުމުގެ ހާއްސަ މަޝްރޫއެއްވެސް ސަރުކާރު ފައްޓާފައިވާކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި