- އިސްތިހާރު -spot_img

ސްޕެއިންގައި ހިނގި އެކްސިޑެންޓާއި ގުޅިގެން، ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގައި ހިނގި ހައި ސްޕީޑް ޓްރެއިން އެކްސިޑެންޓާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ޕޭރެޒް ކަސްތެހޯންއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ވިދާޅުވީ އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަހަމްވި މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ސްޕެއިން ސަރުކާރަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އެމަނިކުފާނު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

މި ހާދިސާގައި، ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ރައީސް ވަނީ ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ވަޑައިގެންފައެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވުމަށްވެސް، ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ސްޕެއިންގައި ހިނގި މި އެކްސިޑެންޓުގައި މިހާތަނަށް 39 މީހުން މަރުވެފައިވާއިރު އެތައް ބަޔަކަށްވަނީ ބޮޑެތި އެތައް އަނިޔާތަކެއް ލިބިފައެވެ. އަދި އަނިޔާ ލިބުނު 122 މީހުންނަށް ފަރުވާދީފައިވާއިރު އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަން ފާހަގަކުރެވެއެވެ.

ސްޕެއިންގެ ޓްރާސްޕޯޓް މިނިސްޓާ އޮސްކާ ޕުއެންޓޭ ވިދާޅުވީ މަރުވި މީހުންގެ އަދަދު އަދި މިއަށްވުރެވެސް އިތުރުވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި