- އިސްތިހާރު -spot_img

އަލިރަަސްގެފާނުގެ ހިތްވަރު ތާ އަބަދު މި ގައުމުގައި ދެމި އޮންނާނެ: ރައީސް

ގައުމީ ބަތަލު، އަލިރަަސްގެފާނު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހި ތާ އަބަދު މި ގައުމުގައި ދިރިދިރި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހި ގައުމުގެ ދިފާއުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މި އަދަށް މި ފުރުނީ 482 އަހަރު ކަމަށެވެ.

”ހިޖުރައިން 965 ވަނަ އަހަރު ޝައުބާން މަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް މި ހިތްވަރުގަދަ ގައުމީ ބަތަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު ތާ އަބަދު މި ގައުމުގައި ދިރިދިރި ހުންނާނެ.“ ރައީސް ވިދާޅުވިއެވެ.

ގައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ގައުމީ ހިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު މި އާކުރަނީ ޝުކުރުވެރިކަމާއެކު ގައިކަން ރައީސް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”މާތްﷲގެ ތަނަވަސް ރަހުމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ގައުމު ދެމި އޮންނާނެ.“ރައީސް ވިދާޅުވިއެވެ.

ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަލިރަސްގެފާނުގެ ހިތްވަރުގަދަ ޖިހާދުގެ ހަނދާން އައު ކުރަމުން، ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި އަމާންކަމާއި މިނިވަންކަމުގައި، އަބަދުމެ ދިވެހިރާއްޖެ ދެމި އޮތުމަށް އެދި އެކަމަނާވަނީ ދުއާފުޅުވެސް ކުރައްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި