- އިސްތިހާރު -spot_img

ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީ އާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާ: ރައީސް

ބައިނަލްއަގުވާމީ ތައުލީމީ ދުވަސް ފާހަގަކުރަމުންދާއިރު، ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީ އާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާކަން ހަނދާންކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ  ބައިނަލްއަގްވާމި ތައުލީމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މިއަދު މި އައުކުރަނީ، ތައުލީމީ ދާއިރާ ބައްޓަންކުރުމުގައި ޒުވާނުންގެ ދައުރު އިތުރުކޮށް، އެންމެން ބައިވެރިވާ، މާނަ ހުރި އަދި ހެޔޮ ބަދަލުތަކެއް ގެނުވާފަދަ އުނގަންނައި ދިނުމެއް ކަށަވަރުކޮށްދިނުމަށް ވެފައިވާ ވައުދު ކަމަށެވެ. އަދި މި ސަރުކާރުން ވަނީ ގައުމީ ތަރައްގީގެ އެންމެ މުހިންމު ތަނބަކީ ތައުލީމު ކަމުގައި ކަނޑައަޅާފަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ހިލޭ ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާއިރު، ދަރިވަރުންގެ ލޯނުގެ ގޮތުގައި 1 ބިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

”ދަރިވަރުންގެ ކުރިއެރުމަށް ކުރާ އިންވެސްޓްމަންޓްތަކާއި، ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ ސަބަބުން، ހަމައެކަނި ފަރުދުންގެ މުސްތަގުބަލު ބައްޓަންވެގެން ދަނީއެއް ނޫނެވެ. އޭގެ ބަދަލުގައި، މީގެ ސަބަބުން ބިނާވެގެންދަނީ ތަނަވަސް، ހަމަހަމަ އަދި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ހުރި ވަރުގަދަ ގައުމެކެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ކޮންމެ ދަރިވަރަކަށްވެސް ކުރިއަރައި ދިއުމުގެ ފުރުސަތު ލިބި، ގައުމުގެ ޖުމްލަ ތަރައްގީގައި އެ ކުދިންގެ ހިއްސާ އިތުރު ކުރެވޭނެއެވެ.“ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި