- އިސްތިހާރު -spot_img

”24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލުމަކީ އިގުތިސާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް“

24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭ ގޮތަށް ހުޅުވާލުމަކީ އިގްތިސާދީ ގޮތުން އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއިބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕޯޓް ލިމިޓް އޭރިއާ މިއަދުން ފެށިގެން 24 ގަޑިއިރަށް ހުޅުވާލާފައިވާކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓު ފަހަރަށް، މިއަދުން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭ ގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ، 1988 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި އުސޫލު ބަދަލުކޮށް، އިގުތިސާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ. 

ހަމައެހެންމެ މި ބަދަލާއެކު، ކުރިންވެސް އުޅަނދު ފަހަރަށް ދެމުން އައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ހިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑި އިރު ހިނގަމުން ދާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

”މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެއް!“ ވަޒީރު ވިދާޅުވި އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި