- އިސްތިހާރު -spot_img

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފި: ރައީސް

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް ގެނެސްފައިވާ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ އޮރަންޖީއާއި އެކު ކަމަށްވާއިރު މި ޑްރެޖާއަކީ އެއް ފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެއްކަން ފާހަގަކުރެވެއެވެ.

ފޭސް 3 ގެ ބިން ހިއްކާ ނިމިފައިވާކަން ފާހަގަކުރައްވާ މިދިޔަ 25 ވަނަ ދުވަހު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުން ނިންމާލާފައިވަނީ ސަރުކާރުން އެ މަސައްކަތް ނިންމަން އިއުލާން ކުރި ތާވާލައިި އެއްގޮތަށް ކަމަށްވާއިރު ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވެއެވެ.

ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި